ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބީއެމްއެލް އިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނީ އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވަނީ ފައިނޭންސިން ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ގެނެވުނު ބަދަލާއެކު މުވައްޒަފުންގެ މުސަރައިގެ 5 ގުނަ އާ ހަމައަށް ފައިނޭންސިން އަށް އެދި ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް ބީއެމްއއެލް އިން ބުނެއެވެ.

މިއަދުގެ މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި
ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ބީއެމްއެލް އިން ބުނީ ފައިނޭންސިން އަށް ހުށައެޅޭ ތާރީހުން ފެށިގެން 7 ދުވަސްތެރޭ ކަސްތަމަރަށް މުދާ ލިބޭނެ ކަމަށެވެ. އަދި އިސްލާމިކް ޕާސަނަލް ފައިނޭންސަށް އެދި އޮންލައިންކޮށްވެސް ހުށައެޅޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށައެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.