މަދިރި ކޮންޓްރޯލު ކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ.

އެޗްޑީސީން ބުނީ މިއީ އެޗްޑީސީގެ ވެކްޓާ ބޯން ޑިޒީސް ކޮންޓްރޯލް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ދާ ޕްރޮގުރާމެއް ކަމަށެވެ.

އެގޮތުން ފޮގް ކުރާނީ ފަތިހު ފަހެއް ޖަހާއިރު އާއި ހަވީރު ހަތަރެއް ޖަހާއިރު ކަމަށާއި އެއީ ޑެންގޫ މަދިރި އެންމެ ގިނައިން އުޅޭ ވަގުތު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މަދިރި ނައްތާލުމަށް ޖަހާ ފޮގުން އިންސާނުންގެ ސިއްހަތަށް ގެއްލުން ނުވާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައި ވާ ކަމަށެވެ.

ފަރުކޮޅުފުށި ކޮވިޑް ފެސިލިޓީ އާ ފޭސް ޓޫގައި ހުންނަ ޑިޓޮކްސް ސެންޓަރު ވެސް ހަވީރު ހަތަރެއް ޖަހާއިރު ފޮގް ކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މަދިރި ކޮންޓޮރޯލް ކުރުމަށް މާލެ އަދި ވިލިމާލޭގައި ވެސް، މާލެ ސިޓީ ކައުންސިލުން އަންނަނީ ފޮގް ކުރުމުގެ ޕްރޮގުރާމު ކުރިއަށް ގެންދަމުންނެވެ.