މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 85 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ އަދަދުތައް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 39 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 8 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 38 މީހެއް ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 85
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 57
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 25،844
  • ކޮވިޑް އެކްޓިވް ކޭސް: 2،627
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 23،141
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 67

ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 2413 ސާމްޕަލެއް ވަނީ ޓެސްޓް ކޮށްފައެވެ. އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުން މިހާރުވެސް ކުރިއަށް ގެންދާ އިރު، މާލޭއާއި އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ ނިސްބަތް މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ.

ކޮވިޑްގެ މި ހާލަތުގައި މާލެ ސަރަހައްދުގައި ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މިހާރު ސުކޫލުތައް ވެސް ވަނީ ފަށާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.