ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮންނަ ސެންޓްރަލް ޕާކުގައި އަލަށް ތަރައްގީ ކުރި ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯން އާންމުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ހެޗްޑީސީ) އިން ބުނީ، އެ ދެ ޒޯނު މިއަދު ހުޅުވި ނަމަވެސް ހުރިހާ އެންމެން ވެސް ހުރިހާ ވަގުތެއްގައި ގައިދުރުކަން އިސްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.
ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯން ރަސްމީކޮށް ހުޅުވައި ދެއްވީ މިދިޔަ ހޮނިހިރު ދުވަހު އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް އެވެ.
ސެންޓްރަލް ޕާކްގެ ހުޅުވި ދެ ސަަރަހައްދުގެ މަސައްކަތަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތަކެކެވެ.
އެގޮތުން މިއަދު ހުޅުވި ރެކްރިއޭޝަނަލް ޒޯން އަދި އިންޓެރެކްޓިވް ޒޯންގައި ހިމެނެނީ ސްކޭޓިން އޭރިއާ، އައުޓްޑޯ ޖިމް، ވިއުއިން ޕްލެޓް ފޯމް، ކުޑަކުދިން ކުޅޭ ސަރަހައްދަކާއި އަދި ޕާކިން ޒޯނެއްގެ އިތުރުން ބައިސިކަލް ދުއްވާ ހާއްސަ ރޫޓެކެވެ.
މި ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަކީ ހުޅުމާލެ ތަރައްގީ ކުރުުމުގެ ވަރަށް މުހިއްމު އެއް ޕްރޮޖެކްޓް ކަމަށެވެ. އަދި އާއްމުނަށް ހުޅުވާލި ޕާކުގެ އެ ސަރަހައްދުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.