ފިނޮޅުތަކަށް ދަތުރުދާ ފަރާތްތަކުން އެތަނުގައި އުޅޭ ދޫނިތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބަންދުވެފައި މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ދޫނި ސޫފާސޫފިތަކަށް ބިސް އަޅާ ވިހާނެ ޖާގަ އާއި މުއްދަތު ވަރަށް ބޮޑަށް ލިބިގެން ހިނގައްޖެ ކަމަށެވެ.
އެގޮތުން މިހާރު ރާއްޖޭގެ ގިނަ ތުނޑިތަކުގަ އާއި އަދި ފިނޮޅުތަކުގައި ވަރަށް ދޫނި ގިނަ ކަން ހުރިހާ ފަރާތްތަކަށް ވެސް ފާހަގަ ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެގޮތަށް ފިނޮޅުތަކަށް މޫދަށް ގޮސް އުޅޭ އިރު ދޫނިތަކަށް ވެސް ބަލާލައިގެން އުޅުމަށާއި ދޫނިތަކާ ވެސް އެކީގައި މޫދައަށް އެރި އުޅުމަށް އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން ފިނޮޅަށް އަރާ ގޮތަށް މުޅި ރަށް ވަށައިގެން ހިނގައި، ގޮނޑުދޮށުގައި ހުރީ ވިއްޔާ ހުރި ރިނދައްޔެއް ނެގުމުގެ ބަދަލުގައި ދޫނިތަކާވެސް އެކީގައި މޫދަށް އެރިއުޅުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.