ޕޮޓޭޓޯ ޕައި އަކީ އަލުވި މީރު މީހުންނަށް ރަނގަޅު ހެދިކާ އަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި:

  • 2 ލޮނުމެދު (ކޮށާފަ)
  • 1 ދަޅުމަސް
  • 3 އަލުވި ( ފްރެންޗް ފްރައިސް ގޮތަށް ކޮށައި ތެލުލާފައި)
  • 1 ފިޔާ
  • 2/1 އިންޗް އިނގުރު (ގާނާފައި)
  • ގިތެޔޮ މިރުސް
  • ހިކަނދިފަތް (ކޮށާފަ)
  • 1 ލުނބޯ
  • ލޮނު
  • 2 ޓޮމާޓޯ ( ތުނިކޮށް ފޮތިކޮށްފައި)
  • 6 ބިސް

ތައްޔާރު ކުރާނެ ގޮތް:

ފިޔާ، މިރުސް، ލޮނުމެދު، އިނގުރު އަދި ހިކަނދިފަތް، ކުޑަ ލޮނުކޮޅެއް ލައިގެން މޮޑެލުމަ ށްފަހު ލުނބޯ ލައިގެން މޮޑެލައި މަސް އަޅައިގެންވެސް މޮޑެލުމަށް ފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.

ދެން، ތަވާ އުނދުންމަތީ އުދުމަށް ފަހު ތެޔޮފޮދެއް އަޅައި، ތެޔޮފޮދު ހޫނުވުމުން ތެލުލި އަލުވީގެ އެއްބައި އަޅާ މަސްގަނޑު މަތީގައި އަތުރާލާށެވެ. ޓޮމާޓޯ ފޮތިތައްވެސް އަތުރާލާށެވެ. އެއަށް ފަހު، އޭގެ މައްޗަށް ބިސް އަޅާ މަޑު ގިނީގައި ޕައިގެ ދެފުއްވެސް ފިހެލާށެވެ.