މާލޭގެ ގަލޮޅު އަވަށުގައި ހިމެނޭ ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގައި، 35 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ގަލޮޅު ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެންބަރު 17 ވަނަ ދުވަހުގެ ދަންވަރު 02:32 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ޒަހަމްވި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ފަރުވާދިނުމަށްޓަކައި ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމުގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.