ފުވައްމުލަކު ބޭރަށް ޑައިވިން އަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 09:18 އެހާކަށް ހާއިރު ކަމަށެވެ.
ހޮސްޕިޓަލަށް މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
