ބްރެޑް ބޯލްސް ވިތް ޗިކަން އަކީ މަދު ބާވަތްތަކުން ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ކާއެއްޗެކެވެ. ލޮކްޑައުންގެ ހާލަތުގައި ރޯދަމަހުގެ ސުފުރާމަތި ފުރިހަމަ ކޮށްލުމަށް، އާއިލާގެ ކުޑަ ކުދިން ބައިވެރިވެގެންވެސް ތައްޔާރު ކުރެވޭނެ ބާވަތެކެވެ.
ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 200ގ ކުކުޅު (ފެނުކަށްކާފަ ކުދިކޮށް ކޮށާފަ)
- 1 ބެލް ޕެޕާ
- ތައްޓެއްގެ 1/2 މަޔޮނައިޒް
- އަސޭމިރުހާއި ހިކިމިރުސް މުގުރާފަ
- ތެޔޮ
- ޕާން (ކައިރިފަށް ނަގާފަ)
- ފާރޮށި ކުނޑި
- ތެއްލުމަށް ބޭނުންވާ ތެޔޮ
މަސްގަނޑު ތައްޔާރުކުރާނެ ގޮތް:
ތައްޓަކަށް ކޮށާފައިވާ ކުޅާއި ބެލް ޕެޕާ އާއި މަޔޮނައިޒާއި މުގުރާަފައިވާ އަސޭމިރިހާއި ހިކިމިރުސްކޮޅާއި ލޮނު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާާށެވެ. އަދި ލޮނު ހެޔޮވަރުކޮށްލާށެވެ. އޭރުން މަސްގަނޑު ތައްޔާރުވީއެވެ.
ތައްޔާރުކުރާނެ ގޮތް:
ޕާނުގެ ފަހަރަކު ފޮއްޗެއް ކުޑަކޮށް ފެންލައި ތެންމާލާށެވެ. މަސްގަނޑު ހަރުލާ ވަރަށެވެ. އެއަށްފަހު މަސްގަނޑުން ގުޅައެއް ހަދާ ތެއްމާލި ޕާންފޮތީގެ އެތެރެއަށްލާ ވަށްކޮށްލާށެވެ.
އެއަށްފަހު ފާރޮށި ކުނޑިލާށެވެ. އަދި މަޑު ގިނީގައި ތެލުލާށެވެ.
ބްރެޑް ބޯލްސް ވިތް ޗިކަން ކެއުމަށް ސޯސްއެއްވެސް ބޭނުން ކުރެވިދާނެއެވެ. ނުވަތަ ސޯސްއަކާ ނުލައި ހުހާވެސް ކެވިދާނެެވެ.
ވަރަށް ސަޅި