ރާއްޖެއިން ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުން އެމީހާ އެމީހާ ދިޔަ ދެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖެއިން ދިޔަ އެމީހާ ދެ ރިސޯޓަކަށް އެރި ކަމަށެވެ. އެގޮތުން އެމީހާ ދިޔަ ދެ ރިސޯޓު ކަމަށްވާ ޖޯލި މޯލްޑިވްސް އަދި ރ. ބޮޑުފުށި މިހާރު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

މިއީ މިގޮތަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ދިތަ ފަތުރުވެރިޔަކަށް ކޮވިޑް19 ޖެހުނު ހަތަރުވަނަ މީހާއެވެ. އެންމެ ފުރަތަމަ މި ބަލި ފެނުނު ކުރެއްދޫ މޯލްޑިވްސްގައި ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެމީހާ ފުރައިގެން ދިޔަ މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

އޭގެފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވީ ކަރަންޓީން ކުރި މީހުންގެ ތެރެއިން ދެ މީހެކެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރައިގެން ދިޔަ ފަހުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 20އަށް އަރާފައެވެ. އެއީ 16 ބިދޭސީންނާއި ހަތަރު ދިވެހިންނެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ ހަމައެކަނި ހަތަރު ދިވެހިންނަށެވެ. އޭގެތެރެއިން 13 ބިދޭސީން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި ބައެއް މީހުން ވަނީ ދޫވެސް ކޮށްފައެވެ.