އެނގިވަޑައިގަންނަވާނެ ފަދައިން އާންމު މީހެއްގެ ހަށިގަނޑަށް ރެޔަކާ ދުވާލެއްގެ މައްޗަށް 0.5-0.7 ގެލަން (2-2.5 ލީޓަރު)ގެ ފެން ބޭނުންވާނެއެވެ. މިއީ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތްތައް އޭގެ ގޮތުގައި އަދާކުރަމުންދިއުމަށް ކޮންމެހެން ބޭނުން މިންވަރެކެވެ.
ހަށިގަނޑަށް ބޭނުންވާ މި ފެން އެތެރެކުރެވިދާނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ގޮތަކީ ސީދާ، ސާފު ފެން ބުއިމެވެ. ދެން އޮތް ގޮތަކީ ކިރާ، ޖޫސް، އަދި ސަޔާ ކޮފީ ފަދަ ބުއިންތަކުގެ އެހީގައި ހަށިގަނޑަށް ފެން ފޯރުކޮށްދިނުމެވެ.
ފެން ބުއިމާ ޖޫސް ފަދަ ތަކެތިން މި އަދަދު ހަމަކުރަން އުނދަގޫ ނަމަވެސް ދެންވެސް ގޮތް ހުސްވާކަށް ނުޖެހެއެވެ. ބައެއް ކަހަލަ މޭވާއާއި ތަރުކާރީއަކީވެސް އޭގައި ގިނަ އަދަދަކަށް ފެނުގެ ބައި އެކުލެވޭ މޭވާއާއި ތަރުކާރީއެވެ. އެހެންކަމުން ފެނަކީ ކެވިދާނެއެއްޗެކޭ ވެސް ބުނެވިދާނެއެވެ.