އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިއުލާނުކޮށްފިއެވެ.

އުރީދޫން ބުނީ، ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް އޮފާތައް ލިބިގެންދާނެ ކަމަށެވެ.

އަދި މި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށްއަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫގެ އީދު އޮފާތައް:

1. ހިލޭ ޓިކްޓޮކް:

އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި އީދުގައި އުފަލާއި މަޖާ ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.

2. ސުޕަނެޓް ގޭމާ 100 އެޑް-އޮން:

މިއީ ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ޚާއްސް ސްޕީޑް ބޫސްޓައެކެވެ. މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭއިރު މިއީ 50 ރުފިޔާއަށް، 100 އެމްބީޕީއެސް ސްޕީޑްގައި ތިން ގަޑިއިރަށް ގޭމް ކުޅެން ލިބޭނެ ފުރުސަތެއް ކަމަށް ވެއެވެ.

3. ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ:

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާނެއެވެ. އެއް ދުވަހަށް 125 ޖީބީ ލިބޭ މި ޕެކްގެ އަގަކީ 75 ރުފިޔާއެވެ.

4. ވެލިއު ޝެއާ ޕެކް - 100 ޖީބީ:

މި އީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކްއިން ޖުމްލަ 100 ޖީބީ ލިބޭއިރު، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބޭނެއެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށް، ކޮންމެ މީހަކަށް 30 ޖީބީ ވާވަރަށެވެ.

5. މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ:

މަގޭ ޕްލޭން އެކްޓިވޭޓްކޮށްގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. ބޯނަސް ޑޭޓާ ލިބޭ ޕްލޭންތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750 އެވެ.

6. އާޗާ ޕްލޭނަށް އީދު ހަދިޔާ:

އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ޚާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބޭނެއެވެ.

އެ ކުންފުނިން ބުނީ، އަޟްހާ އީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ހަމަ އެހެންމެ އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ހާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަަށް އެ ކުންފުނިން ބުންޏެވެ.