ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައެވެ. މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހިޔާ ޕާކު ސަރަހައްދުގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.
އަދި ޒަހަމް ވި ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާއިރު، ބިދޭސީ މީހާއަށް ލިބުނު ޒަހަމްތަކުގެ މައުލޫމާތެއްވެސް ހިއްސާކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭވެސް ވަނީ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ. މި މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް މިފަދަ މާރާމާރީތައް އިތުރުވެފައިވާއިރު، މާރާމާރީތަކުގައި ބޮޑެތި އަނިޔާތައްވެ މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.