ބޭނުންވާ ތަކެތި

  • ކުކުޅު (600 ގްރާމް) ދޮވެފައި
  • ބާސްމަތީ ހަނޑޫ (250 ގްރާމް)
  • ކާޑް (400 ގްރާމް)
  • ފިޔާ ކޮށާފަ (ބޮޑު 3 ފިޔާ)
  • ޖިންޖާ ގާލިކް ޕޭސްޓް (1 1/2 މޭޒުމަތީ ސަމުސާ)
  • ގްރީން ޗިލީ (6 މިރުސް)
  • ޗޮޕްޑް މިންޓް ލީވްސް (1/2 ޖޯޑް)
  • ޗޮޕްޑް ކޮރިއެއްޑާ ލީވްސް (1 ތަށި ކުޑަ)
  • ކާފޫރު ތޮޅި (10 ތޮޅި)
  • ކަރަންފޫ (8 ކަރަންފޫ)
  • ފޮނިތޮށި ކޮޅެއް
  • ބަލެކް ކާޑަމަން (5 ކާޑަމަން)
  • މޭސް
  • ގީ (4 މޭޒުމަތީ ސަމްސާ)
  • ކްކިންގ އޮއިލް
  • ސާހީ ބިރިޔާނީ މަސާލާ ޕައުޑާ (3 މޭޒުމަތީ ސަމްސާ)
  • ޗިކަމް މަސާލާ ޕައުޑަރު
  • ރީނދޫ (1/2 ސަމްސާ)
  • ރެޑް ޗިލީ ޕައުޑަރު (1 މޭޒުމަތީ ސަމްސާ)
  • ފްޑް ކަލާ (އޮރެންޖް)
  • ސެފްރޯން
  • ސޯލްޓް

ހަދާނެ ގޮތް

ކުކުޅު ކޮޅު މެރިނޭޓް ކޮށްލުމަށް ފަހު، ގީ އާއި ފިޔާކޮޅާ ނޫން ހުރިހާ އެއްޗެއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު 1 ގަޑި އިރު ވާންދެން އައިސް އަލަމާރީގައި ބަހައްޓާށެވެ. އެ ވަގުރުގެ ތެރޭގައި އުނދުއްމައްޗަށް ތާހެއް އުދުމަށް ފަހު ތެޔޮކޮޅު އަޅާ ފިޔާކޮޅު ރަނގަޅަށް ރަތް ކޮށްލާށެވެ. ދެން ތެއްޔަކަށް ފެން އަޅާ ހަނޑޫކޮޅު ކައްކަން އުދާށެވެ. ހަނޑޫ ކައްކާ އިރު ގީ ކޮޅާ، ކަރންފޫ ކާފޫރު ތޮޅި ފޮނި ތޮށްޓާ އެކު ހުރި ކުދި ސާމާނުވެސް އަޅާ ކައްކާލާށެވެ. ދެން ގަރު ނަގާ ގަދީގައި މަތީގައި ހުންނަ ކާފޫރު ތޮޅިއާ އެނޫންވެސް ކުދި ސާމާނު ނަގާށެވެ. ކި ނިމުމުން ތެލި ބަލާފައި، އައިސް އަލަމާރިއަށް ލީ ކުކުޅު ކޮޅު ނެގުމަށް ފަހު ރަނގަޅަށް ތެއްޔަކަށް ތަރުތީބުން ވީޑިއޯގައި ފެންނަ ގޮތަށް އަޅާށެވެ. އެއަށް ފަހު ތެލީގެ ތުންފަތް އަވި ބޭރު ނުވާނެހެން ރަނގަޅަށް ބަންދުކޮށްލާށެވެ. އެކަން ކުރަން އެންމެ ރަނގަޅީ މޮޑެފައި ހުންނަ ފުށެވެ. ދެން އުނދުން ރޯކޮށް ކައްކަން އުދާށެވެ. ގަދަ ގިނީގައި 20 މިނެޓް އަދި މަޑު ގިނީގައި 15 މިނެޓް ކައްކާލާށެވެ.

އެހާ ހިސާބުން ހުންނާނީ ޑަމް ބިރިޔާނީ ތައްޔާރު ވެފައެވެ.