އަންމަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އީސީން ބުނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓު ފޮށިތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ތަނެތި ފޮނުވުމުންދަނީ ކޮމިޝަނުގެ އޮފިޝަލަކާއި ފުލުހެއްގެ ހަވާލުގައި ކަމަށެވެ. އަދި އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ސާމާނު ފޮނުވައި ނިމޭނެ ކަމަށް އީސީން ބުނެއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން ސިނާއީ ސަރަހައްދުތަކުގައި ހަތަރު ފޮށި ބަހައްޓާ އިރު، ރިސޯޓްތަކުގައި 33 ވޯޓު ފޮށި، ޖަލުގައި ފަސް ފޮށި އަދި ރާއްޖޭން ބޭރުގައި އަށް ފޮށި ބަހައްޓާނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި 357 ވޯޓުފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.

މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.