ނަގިލި ކަހާލައިގެން ދިޔަ މުދާ އުފުލާ ދެ ބޯޓެއްގައި ތިބި ބަޔަކު ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށްފަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލު ކޮށްފިއެވެ. އަދި އެ ދެ ބޯޓަކީވެސް ކަސްޓަމްސް ގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެބޯޓު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ރޭ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވި ނަމަވެސް ބޯޓަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. ދެ ބޯޓު އޮޔާ ދިޔައީ ސިނަމާލެ ބްރިޖު ކައިރިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޯޓަކީ ދޫނިދޫއާ ދިމާލު އަޅާފައި އޮތް ދެ ބޯޓެވެ.
އެ ދެ ބޯޓުގައި ތިބީ ކިހާ މީހުންނެއް ކަމެއް އަދި އޭގައި ދިވެހިން ތިބި ކަމެއް ސާފެއް ނުވެއެވެ.
