ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑެއްގައި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ،

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހުގެ ދަންވަރު 03:23 ހާއިރުއެވެ.

މިފަދަ ނާތަހުޒީބު އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ހިލާފު މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި ހުންނަ ސުޕަމާޓެއްގައި ބަރަހަނާ މަންޒަރު އަޅުވާފައިވަނީ ލެޑްސްކީރްން ހެކްކޮށްގެންނެވެ.