ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު، މަގާމުން ވަކިކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން އެ މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު މިރޭ "ދަަަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އޭނާ މަގާމުން ވަކި ކޮށްފައިވަނީ މިއަދު ކަމަށެވެ.
އަދި އަބްދުލްމަޖީދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރައްވާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށްވެސް ރިފާތު ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
މަޖީދު މަގާމުން ވަކިކުރިއިރު އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުގައެވެ. އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމާ މިހާތަނަށް ހަވާލުވެ ހުންނެވީ ވެސް އޭނާކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
