ފިލްމް އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް މޫނު ކަމުގައިވާ އަހުމަދު ނިމާލް ނުވަތަ "ބިރުކުޑަ އަލީ" އަށް ސްޓްރޯކެއް ޖެހި ހާލު ސީރިއަސް ވެއްޖެއެވެ.

ބިރުކުޑަ އަލީ ގެ އިތުރުން އެތައް ރޯލަކުން ފެނިގެން ގޮސްފައިވާ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެކެވެ.

ފަންނާނުންގެ އާއިލާއަކަށްް އުފަން ނިމާލަށް ދިމާވި ކުއްލީ ސިއްހީ ހާލަތާ ގުޅިގެން އޭނާއަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭގެ އައިސީޔޫގައެވެ.