ރާއްޖޭގެ މަގްބޫލު ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އާ ފިލްމު "މަޖުނޫން" ގެ ލީޑް ތަރިން، އެ ފިލްމުގެ އޮފިޝަލް ފޭސްބުކް ޕޭޖުން ހާމަކޮށްފިއެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ނިންމާފައިވާ މި ފިލްމު އިއުލާންކުރުމާ އެކި ގިނަ ބަޔަކު ތިބީ ފިލްމުގެ ކާސްޓުން ބަލާލަން ބޭނުންވެފައެވެ. ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޝީފާއެވެ. އަދި މި ފިލްމުގައި ޝީފާ އާއި އެކު ދެން ފެނިގެންދާނީ އަރަމުން އަންނަ ފިލްމީތަރި އަހްމަދު ޝާރިފެވެ.
މީގެ ކުރިން ޝިފާ ވަނީ އޭނާ މިހާރު ތައްޔާރު ވަމުން އެދަނީ ކުޑަ ދެކުދީންގެ މަންމަ ބައި ކުޅުމަށްކަމަށް ބުނެފައެވެ. އެހެންނަމަވެސް މި ފިލްމާ ގުޅޭ އެއްވެސް ވާހަކައެއް އަދި ޝީޕާ ހިއްސާކޮށްފައި ނުވާއިރު މި ދެތަރިންގެ އިތުރުން މި ފިލްމުގައި “ސޮރީ”ގެ މުހިއްމު ރޯލެއް އަދާކޮށްފައިވާ ކުޑަ ދެކުދީން ކަމަށްވާ ލާލީ އަދި އެވްލީ ފެނިގެންދާނެއެވެ.
ދަ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމަކީ ލޯބީގެ ސަބަބުން އިންސާނެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލާ މަންޒަރު ފެންނަ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނެ ލޮކޭޝަންތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ވަނީ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކޮށް، މި ފިލްމަކީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފަދަ މޮޅު އުފެއްދުމަކަށް ވާނެ ކަމަށް ބުނެފައެވެ.
