މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމްޕީއެލްއިން ހިންގާ ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން 30 ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ:
- މެރިން މެކޭނިކް އެޕްރެންޓިސް ( 3 ޖާގަ)
- ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް (10 ޖާގަ)
- އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް – (6 ޖާގަ)
- އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް – (1 ޖާގަ)
- ފަރުނީޗަރު ކާރޕެޓްންޓްރީ އެޕްރެންޓިސް – (4 ޖާގަ)
- ވެލްޑިން ޓްކްނިކްސް އެޕްރެންޓިސް – (6 ޖާގަ)
6 މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2025 ވާ ދުވަހުގެ 15:30ގެ ކުރިން ފޯމު ހުށެހެޅަން ޖެހޭއިރު މި ޕްރޮގްރާމްގެ ބައިވެރިންގެ ޝަރުތުތަކާއި ފޯމު ހުށަހަޅާ ގޮތުގެ މައުލޫމާތު ގެޒެޓް ކުރެވިފައިވާ އިއުލާން https://bit.ly/4nHWCbs އިން ލިިބޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.