ވަޒީރު ހާން މިސްކިތަކީ ޕާކިސްތާނުގެ ޕަންޖާބުގެ ލާހޯރު ސިޓީގައި 17 ވަނަ ގަރުނުގައި ބިނާކުރި މުގަލް މިސްކިތެކެވެ. މި މިސްކިތަކީ މުގަލް ރަސްގެފާނު ޝާހް ޖަހާންގެ ރަސްކަމުގައި އޭރުގެ ޕަންޖާބުގެ ގަވަރުނަރު ވަޒީރު ހާން ބިނާކުރެއްވި މިސްކިތެކެވެ.

ޔުނެސްކޯ ހެރިޓޭޖް ލިސްޓުން ޖާގަ ހޯދާފައިވާ މި މަސައްކަތް ބިނާކުރުމުގެ މަސައްކަތް 1634 ވަނަ އަހަރު ފެށިގެން ދިޔައިރު މި މަސައްކަތް ނިމިފައި ވަނީ 1641 ވަނަ އަހަރުއެވެ. މި މިސްކިތް މަޝްހޫރުވެފައި ވަނީ މިސްކިތް ޒީނަތްތެރިކޮށްފައިވާ ފުރިހަމަ ކަމާއި، ސަގާފަތްތަކުން ނަގާ ސްޓައިލްކޮށް ފަރުމާކޮށްފައިވާ ތަފްސީލީ ޖަރީކުރުމެއްގެ ސަބަބުންނެވެ.

ވަޒީރު ހާން މިސްކިތުގެ ފާރުތަކުގެ ޑިޒައިންތައް

ވަޒީރު ހާން މިސްކިތަކީ ކާޝީ-ކާރީގެ ނަމުން މަޝްހޫރު އިންޓްރިކްޓް ފޭއީސް ޓައިލް މަސައްކަތުގެ އިތުރުން، މުގަލް އީރާ ފްރެސްކޯސް (މުރަލް ހާއްސަ ކުރެހުންތައް) ކުން ޒީނަތްތެރިކޮށްފައިވާ ފުރިހަމަ މިސްކިތެކެވެ. މި މިސްކިތުގެ އެތެރެ ފްރެސްކޯތަކުގެ ރީތި ޑިޒައިންތަކުން މުއްސަނދިކޮށްފައިވާ އިރު މިސްކިތުގެ ބޭރު ފަރާތުގައި ވަރަށް ފުރިހަމައަށް ޕާޝިއަން ސްޓައިލް ކާޝީ-ކާރީ ޓައިލް އިން ޒީނަތްތެރިކޮށްފައި ވެއެވެ.

މިސްކިތުގެ ބޭރު ފަރާތަށް ވާގޮތަށް ހުރި ފާރުތައް މުއްސަނދިކޮށް ޒީނަތްތެރިކޮށްފައި ވަނީ ކާޝީ-ކާރީގެ ނަމުން މަޝްހޫރު ފާރިސީ ސްޓައިލްގެ ޓައިލް މަސައްކަތުންނެވެ. މިސްކިތުގެ އެތެރޭގެ ގޯތިތެރެއަށް ވާގޮތަށް ހުންނަ ފާރުތަކުގައި 17 ވަނަ ގަރުނުގެ ފާރިސީންގެ ވަރުގަދަ ނުފޫޒުތައް ދައްކުވައިދޭ މޮޓިފްތަކާއި (އެއް ޑިޒައިނަކަށް ކުރަހާފައިވާ ކުރެހުންތައް) ޕެލެޓްތަކުން ޒީނަތްތެރިކޮށްފައި ވެއެވެ. މި މިސްކިތުގައި ސައިޕްރަސް ގަސްތަކުގެ ކުރެހުންތައް ވެސް ހިމެނޭއިރު، އެކި ޑިޒައިންތަކުގެ މަލާއި ތަރިތަކުގެ ކުރެހުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ވަޒީރު ހާން މިސްކިތް

ވަޒީރު ހާން ޗޯކް އަށް ވާގޮތަށް ހުރި އެންޓްރީ ޕޯޓަލް ޒީނަތްތެރިކޮށްފައިވަނީ ޤުރުއާނުގެ އާޔަތްތަކާއި، ރަސޫލާގެ ހަދީސްފުޅުތަކައި އަދި ދީނީ އެކު ކަހަލަ މެސެޖުތައް ހިމެނޭ ތަފްސީލީ ޓައިލް މަސައްކަތާއި ކަލިގްރަފީންނެވެ. މިސްކިތުގެ ނަމާދުކުރާ މައި ސަރަހައްދުގައި ކަލިގްރަފިސްޓް ހާޖީ ޔޫސުފް ކަޝްމީރީ ލިޔުއްވާފައިވާ ސޫރަތު އަލްބަޤާރާގެ އާޔަތްތައް ފެނިގެންދާއިރު މިއިން ކޮންމެ މަސައްކަތަކީވެސް ވަރަށް ފުރިހަމަ މަސައްކަތެކެވެ.

ވަޒީރު ހާން މިސްކިތް

މި މިސްކިތުގެ ޕޯޓަލް ތެރެއިން ވަދެވޭއިރު، އޮކްޓޮގޮނަލް ޗެމްބަރުން މިސްކިތުގެ މަރުކަޒީ ގޯތިތެރެއަށް ވަދެވޭނެއެވެ. ގޯތިތެރޭގައި ގާތްގަނޑަކަށް 160 ފޫޓު 130 ފޫޓު ހުންނައިރު، ގާއަޅާ ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަށް ހަދާފައިވާ ވޯކްވޭގެ ވަށައިގެން އުސް އާކް ގެލެރީތަކެއް ހުރެއެވެ.

މިއީ އީރާނުގައި ހުންނަ އިމްޕީރިއަލް ޕާޝިއަން މިސްކިތްތަކުގެ ނަމޫނައެކެވެ. މިސްކިތުގެ ގޯތިތެރޭގައި 35 ފޫޓުގެ ބޮޑު ފެންގަނޑެއް އޮތް އިރު މިއީ މިސްކިތަށް ނަމާދަށް ދާ ފަރާތްތަކުން ވުޟޫކުރުމަށް ބޭނުންކުރާ ފެންގަނޑެކެވެ. މި ގޯތިތެރޭގައި ހަތަރު ފަރާތެއްގައި 32 ހާއްސަކޮށްފައިވަނީ ދިނީ އިލްމުވެރިން ދިރާސާކުރުމާއި އަދިވެސް މިފަދަ ދީނީ އެހެން ބޭނުންތަކަށް ހާއްސަކޮށެވެ.

ވަޒީރު ހާން މިސްކިތުގެ އެތެރޭގެ ސަރަހައްދު

މި މިސްކިތުގެ ނަމާދުކުރާ ހޯލުގެ ދިގުމިނުގައި ގާތްގަނޑަކަށް 130 ފޫޓު އަދި ފުޅާމިނުގައި 42 ފޫޓު ހުންނައިރު ނަމާދުކުރާ ހޯލުގެ މެދުތެރޭގެ ބައިގެ މަތީގައި 31 ފޫޓު އުސް ގުއްބެއް ހުރެއެވެ. މި މިސްކިތުގެ ނަމާދުކުރާ ހޯލުގެ އެތެރެވެސް އަރަބި އަދި ފާރިސީ ބަހުން ކަލިގްރަފީ ޖަހައިގެން ޒީނަތްތެރިކޮށްފައިވާއިރު ކޮންމެ ފާރެއްވެސް ޒީނަތްތެރިކޮށްފައިވަނީ ވަކި ހާއްސަ ޑިޒައިނަކަށެވެ.

ވަޒީރު ހާން މިސްކިތް

ޖަރުމަނާއި ނޯވޭއާއި އެމެރިކާގެ ސަރުކާރުތަކުގެ ކޮންޓްރިބިއުޝަންތަކާއެކު 2009 ވަނަ އަހަރުން ފެށިގެން މި މިސްކިތް އަގާ ހާން ޓްރަސްޓް ފޯ ކަލްޗާ އެންޑް ދަ ގަވާމަންޓް އޮފް ޕަންޖާބުގެ އިރުޝާދުގެ ދަށުން ފުޅާ ދާއިރާއެއްގައި މަރާމާތުކޮށްފައިވެއެވެ. މި މިސްކިތް ކޮމްޕްލެކްސް އަކީ ޕަންޖާބުގެ އާކިއޮލޮޖީ ޑިޕާޓްމަންޓްގެ ހިމާޔަތްކޮށްފައިވާ ތަރިކަ ބިނާތަކުގައި ލިސްޓްކޮށްފައިވާ ތަނެކެވެ. އަދި 1993 ވަނަ އަހަރު ޔުނެސްކޯގެ ޓެންޓޭޓިވް ލިސްޓަށް އެ ސައިޓް އިތުރު ކުރެވުނެވެ.