މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މެލޭޝިޔާއިން ގެއްލިގެން ހޯދަމުން ދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާ ގެއްލުނީ އިއްޔެ މެންދުރު 3:00 ގެ ފަހުންނެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ މެލޭޝިއާ ގައި ދިވެއްސަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން އެ މިނިސްޓްރީ އިން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ވީހާވެސް އަވަހަކަށް ހިއްސާކޮށްދިނުމަށް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަދަ ހާދިސާތައް މީގެކުރިން ވެސް ވަނީ ހިނގާފައެވެ.