ބްރެޒީލްގެ ސައޮޕޯލޯގެ ކާރޫބާރު ބޮޑު މަގެއްގެ މަތިން ދިޔަ ބަހެއްގެ މައްޗަށް ކުޑަ ބޯޓެއް ވެއްޓި 2 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓުތައް ބުނާގޮތުން ދަތުރު ކޮށްފައި ދިޔަ ބަހުގެ މައްޗަށް ވެއްޓުނު ބޯޓުގައި 2 މީހަކު ތިއްބެއެވެ. ބޯޓު ގޮވުމާއެކު އެ ދެމީހުން އަނދާފައި ވާކަމަށާއި ބަހުގައި އިން އަންހެނަކާއި އިތުރު 6 މީހެއްގެ އިތުރުން މަގުމަތިން ދިޔަ ސައިކަލެއްގައި އިން މީހަކުވެސް ޒަހަމްވެފައި ވެއެވެ.

އެ އެކްސިޑެންޓުގައި ބޯޓު ގޮވުމާއެކު ބުރައިގެން ދިޔަ ބައެއް ތަކެތި ވަނީ މަގުމައްޗަށާއި އެތަން މިތަނަށް ފޯރާފައެވެ.

ހާދިސާ ހިނގި މަގަކީ ވިޔަފާރީގެ ކާރޫބާރޫ ބޮޑު މައި މަގުތަކާ ގުޅޭ ހައިވޭއެވެ. އަދި ހާދިސާ ހިނގި ވަގުތަކީ ހެނދުނުގެ ވަގުތު ކަމުން ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުން ދިޔަ ކަމަށް ވެސް ބުނެފައި ވެއެވެ.

މިހާދިސާގެ ތަހުގީގެއް އިދާރާތަކުން ފަށާފައި ވާ އިރު އަދި ތުހުމަތު ކުރާ އެއްވެސް ފަރާތެއް ނެތެވެ.

ޓްވިން އިންޖީންގެ ކިންގް އެއާ މަރުކާގެ ކުޑަ ބޯޓު އެކްސިޑެންޓް ވި އިރު ދަތުރުގެ މިސްރާބު ހުރީ، ކޮމްޕޯ ޑި މާޓޭ އެއާޕޯޓުން ފުރައިގެން ދެކުނު ބިތުގެ ސްޓޭޓެއް ކަމަށް ކަމަށާއި ޕޯޓޯ އެލްގްރޭ އަށެވެ. ބޯޓު ވެއްޓެން ދިމާވި ސީދާ ސަބަބު އަދި އެނގިވައި ނުވި ނަމަވެސް ހާދިސާ ހިނގި ވަގުތަކީ ދުންފިނި ބޯ ވަގުތެއް ކަމަށް ބުނެފައި ވެއެވެ.