ތިން މީހުންނާއެކު ފަރުމަހަށް ނުކުމެ އުޅެނިކޮށް ބަންޑުންޖަހާލި ޑިންގީއެއްގައި ތިބި މީހުން އެމްއެންޑީއެފް އިން ހޯދައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ތިން މީހުންނާ އެކު ފަރުމަސްވެރިކަން ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 06:11 އެހާއިރު ކަމަށެވެ.

އަދި ޑިންގީ ހޯދަމުން ދަނިކޮށް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން 09:32 ހާއިރު ހޯދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

އެ ހާދިސާގެ ކުޑަ ވީޑިއޯ ފޫޓޭޖެއް އެމްއެންޑީއެފް އިން އާންމުކޮށްފައިވާއިރު ވީޑިއޯއިން ފެނިގެން ދަނީ ބަންޑުން ޖަހާލާފައިވާ ޑިންގީއެއްގައި ތިން މީހުން ތިބި މަންޒަރެވެ. އަދި ޑިންގީ ދެފެން ދޭތެރޭގައި އޮތް އިރު ފެންނަ ފެނުމަށް ތިން މީހުން ވެސް ރަނގަޅެވެ.