ޅުމާލެ ފޭސް އެކަކުން 25,011 އަކަފޫޓުގެ ބިމެއް 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން ގަނެފިއެވެ.

ފިނޭންސްއިން މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލޭގެ އިންޖީނުގެއާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުގައި އޮތް ބިމެކެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކިއްޔާތުގައި އޮތް މި ބިމުގެ އަގަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާފައެވެ.

މި މުއާމަލާތުގެ ސައްހަކަން ކަށަވަރުކޮށް، ބިން ރަޖިސްޓަރީ ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ވަނީ މިއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅާފައެވެ.

އަދި އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށުން އެ ބިން ވަކިކޮށް، ފިނޭންސް މިނިސްޓްރީގެ ދަށަށް ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ބިން ގަތީ ކޮން ސީދާ ބޭނުމަކު ކަމެއް ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ތަފާތު ބޭނުންތަކަށް ހުޅުމާލެއިން ބިން ނެގުމަށްފަހު ފައިސާ ދެއްކުމަކީ މީގެ ކުރިންވެސް ކުރަމުން އައިސްފައިވާ ކަމެކެވެ. އެގޮތުން، މި އަހަރުގެ ކުރީކޮޅުވެސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ކެމްޕަހެއް އިމާރާތްކުރުމަށް ޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ނަގައި، 69.7 މިލިއަން ރުފިޔާ ދައުލަތުން ވަނީ އެޗްޑީސީއަށް ދައްކާފައެވެ.