ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފުރަތަމަ ހޮރޯ ކޮމެޑީ "ބިބީ" ރޭ ޕްރިމިއާކޮށްފިއެވެ.
މި ފިލްމަކީ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު (އާރްޖޭ) ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގައި ޝީލާ ނަޖީބު އަދި އަހުމަދު ސައީދުގެ އިތުރުން ފުބޫ އަދި އަމާން ވަނީ މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ.
މި ފިލްމަކީ މީގެ ކުރިން ބެލިފައިނުވާ ހެއްވާ މަޖާ ދިވެހި ހޮރޯ ކޮމެޑީއެކެވެ. ފިލްމު ބަލަން އޮލިމްޕަސް ސީޓުގައި އިށީނީއްސުރެ ފިލްމު ނިމެންދެން އިންނަން ޖެހުނީ ހޭށެވެ. މުޅި އޮލިމްޕަސް މާހައުލުން ހަޅޭކުގެ އަޑާއި މީހުން ހޭ އަޑު ހުއްޓުމެއްނެތި ދިޔައީ އިވެމުންނެވެ. ފިލްމު ނިމިގެންދިޔައީ ބެލުންތެރިންގެ ހޫނު ތަރުހީބަކުންނެވެ. ހަމަ ގައިމުވެސް ފިލްމު "ބިބީ" އަކީ މިހާތަނަށް ބެލުނު އެންމެ ސަޅި ދިވެހި ހޮރޯ ކޮމެޑީއެވެ. ފިލްމުގެ ރިވިއުއަށް އިންތިޒާރުކޮށްލާށެވެ.
މި ފިލްމަކީ ޑާކްރެއިނުން ގެނެސްދޭ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެކެވެ. ހަމައެއާއެކު މި ފިލްމަކީ ޝަރަފް އާއި މަޖޫ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ.