ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މާލެ، ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރައަށް ލިބިފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުގެ މެންދުރުފަހު 15:42 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ ހާދިސާތައް ދޭތެރެދޭތެރެއިން ހިނގާއިރު މިދިޔަ މަހު ވަނީ ހުޅުމާލެ އަމާން އުދަރެސް 5 ގެ ގްރައުންޑް ފްލޯގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.