، މާލެ ފިޔަވައި އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ސަރުކާރުން ހަދައިދީފިއެވެ.

އަތޮޅުތެރޭގެ ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައި އެ ހިދުމަތް ދޭން ފަށާފައިވަނީ ގއ. ވިލިގިނލީގައެވެ. ވިލިނގިލީގައި އެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރުފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ.

ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކޮށް، ހަވާލުކުރުމުގެ ހިދުމަތް ފެށިގެން ދިޔައިރު، މީގެ ކުރިން އައިޑީކާޑު ޕްރިންޓް ކުރުމުގެ މަސައްކަތް ކުރަމުން އައީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުގަ އެވެ.

މިހާރު ޑީއެންއާރުގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އައިޑީކާޑަށް އެދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު ކާޑު ޕްރިންޓުކުރުމަށް ފަހު، ކުރިއަރު މެދުވެރިކޮށް އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވައެވެ.