މިޑް ޓާމް ބަންދާ ދިމާކޮށް ކުޑަކުދިންގެ ދިވެހި ފިލްމު "ރޮބޮމޭން" އޮލިމްޕަސް ސްކްރީނުގައި އަޅުވާގޮތަށް ނިންމައިފިއެވެ.

"ރޮބޯމޭން: ދަ މޫވީ" ގެ ނަމުން ނަންދީފައިވާ މި ފިލްމު މި މަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރަން ހަމަޖެހިފައިވާއިރު މި ފިލްމުވެގެންދާނީ ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ފިލްމެއް ފަހުގެ ތާރީހެއްގައި އަޅުވާ ފުރަތަމަ ފަހަރަށެވެ މި ފިލްމަކީ. އޯކޭޒްއިންކްގެ ވެރިޔާ މުހައްމަދު މުންތަސީރް (މުންކޮ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް މި ފިލްމަކީ ހުރިހާ އުމުރަކަށްވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި ވަރަށް ގިނަ ކުޑަކުދިން ހަރަކާތްތެރިވާނެއެވެ.

https://youtu.be/0b6ApU09dkc

މެންދުރުގެ އިތުރުން ހަވީރުވެސް މި ފިލްމު އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމުގައި ކުޑަކުދިންތަކާއެކު ހަރަކާތްތެރިވާނީ މަޝްހޫރު ރޮބޯމޭންއެވެ. ރޮބޮމޭން ފިލްމަކީ އިބްރާހިމް ވިޝާން (ކަނޑި) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.