ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ ހަތް މީހުންގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31ގެ ހެނދުނު ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތް މީހުން ހައްޔަރު ކޮށް، މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި ޕީޖީ އިން ވަނީ އޮގަސްޓު 22، 2024 ދުވަހު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:

1- ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށި

2- ޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލި

3- އަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލި

4- ރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫ

5- މިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށި

6- މުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން

7- އަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ

ޕީޖީ އިން މި 7 މީހުންގެ މައްޗަށްކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްދުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާއެވެ.