މާލޭގެ އިމާރާތެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ ވެއްޓުިފައިވަނީ އިމާރާތެއްގެ 10 ވަނަ ބުރިން ކަމަށެވެ. އަދި ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާ ހިނގާފައި ހުންނަނީ ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގެއިންނެވެ. އޭނާ ފުންމާލީކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެކަން އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައި ނުވެއެވެ.

އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީ މީހެއް ކަމެއް އަދި އެނގިފައި ނުވާއިރު އެމީހާ އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މިހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އިތުރު ތަފްސީލެއް ހިއްސާ ކޮށްފައި ނުވެއެވެ.