މާލޭ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހިންގާ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 އޯގަސްޓް 20 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 17:51 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނައީމެވެ.

ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.