އެމެރިކާގެ އަސްކަރީ ފްލީޓުގައި ބޭނުން ކުރާ އެންމެ މުހިންމު އެއް ބޯޓު ކަމަށް ވާ ސްޓެލްތް [ރާޑަރަށް ނާރާ ބޯޓު] ގައި އުދުހިގޮސް އަސްކަރީ މަނަވަރެއް ގޮއްވާލައި އާ ބޮމެއް އެމެރިކާއިން ޓެސްޓް ކޮށްފިއެވެ.

ހަވާއީގެ ރަށްތަކުގެ ބޭރުގައި އެމެރިކާއިން ކުރި މިޓެސްޓްގައި ބޭނުން ކޮށްފައި ވަނީ 1976 ގައި ހިދުމަތަށް ނެރެ މިހާރު ބޭނުން ނުކުރާ 820 ފޫޓު ދިގު 39,000 ޓަނުގެ ޔޫއެސްއެސް ޓަރާވާ މަނަވަރެވެ.

ބޮން އެޅުމަށް ހާއްސަ ކޮށް ރާޑަރަށް ނާރާގޮތަށް ތައްޔާރު ކޮށްފައި ސްޓެލްތްގައި ގޮސް އެ ބޯޓު ގޮއްވާލައި ކުރި ތަހުލީލުތަކުގެ ނަތީޖާއަށް ފަހު އެމެރިކާއިން ބުނެފައި ވަނީ, މިއީ ސަބްމެރީންތަކުގައި ގޮސް ޓޮރުޕިޑޯއިން މަނަވަރުތައް ގޮއްވާލުމަށް ވުރެ މާ ކާމިޔާބު ގޮތެއް ކަމަށާއި, ސްޓެލްތް ތައްޔާރު ކޮށްފައި ވާ ގޮތުން, އާންމުކޮށް އުފުހޭ ބޮން އަޅާ ބޯޓުތަކަށް ވުރެ މާ މަތިން އުދުހި ދުޝްމަނުންގެ މަގާމުތައް ފަސޭހައިން ދެނެގަނެ ހަމަލާ ދީ ފިލައިގެން ދެވޭނެ ކަމަށެވެ.

އެމެރިކާއިން ފައްތާލި ޔޫއެސްއެސް ޓަރާވާ މީގެ ކުރިން ކުރި ދަތުރެއް

"ކްއިކްސިންކް" ގެ ނަމުން ނަންދީފައިވާ މި ބޮމަކީ 2000 ޓަނުގެ ގޮވާތަކެތި އެކުލެވޭ ބޮމެކެވެ. ސަބްމެރީންގައި އާންމުކޮށް ބޭނުން ކުރާ ޓޮރްޕިޑޯގައި އަކީ 1000 ޓަނުގެ ގޮވާތަކެތި އެކުލެވޭ ބޮމަކަށް ވުމުގެ އިތުރުން ސަބްމެރީންއެއްގައި ގޮސް ޓޮރްޕިޑޯ ފޮނުވާލާއިރު, އެ ހަމަލާ އައިތަން ދެނެގަތުމުގެ ގާބިލުކަން ދުޝްމަނުންނަށް ފަސޭހައިން ދެނެގަނެވެއެވެ.

އެމެރިކާއިން މި ބޮން ޓެސްޓްކޮށް އެވާހަކަ ހާމަކޮށްފައި ވާ އިރު, ޗައިނާއިން ބުނީ, އެކަން އެނގޭ ކަމަށާއި ޓެސްޓް ކުރުމަށް އެމެރިކާއިން ގޮއްވާލި މަނަވަރަކީ 1976 ގެ އުފެއްދުމެއް ކަމަށް ވާއިރު 2024 ގެ ޓެކްނޮލޮޖީއާ އަޅާނުކިޔޭނެ ކަމަށެވެ.

އެމެރިކާއެކޭ އެއްގޮތަށް ޗައިނާގައިވެސް އެސޯލްޓް ޝިޕް [ހަނގުރާމައަށް ފައްކާކޮށްފައި ހުންނަ އަސްކަރީ މަނަވަރު] އެބަހުރި ކަމަށާއި އެއީ 36,000 ޓަނުގެ މަނަވަރުތައް ކަމަށެވެ. އަދި އިތުރަށް އެޑްވާންސް ކޮށް އެ އެ މަރުކާގެ އާ މަނަވަރުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން ދާ ކަމަށާއި ޗައިނާގެ ކަނޑުގެ ލަޝްކަރުގެ ބާރާއި ކުޅަދާނަކަން އެބަހުރި ކަމަށެވެ.

ޗައިނާ ސަރުކާރުން ހިންގާ ގްލޯބަލް ޓައިމްސް އިން ބުނީ, 'އައުޓްޑޭޓްވެފައި އޮތް ބޯޓަކާއި މިހާރުގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީއާ އަޅާ ނުކިޔޭނެ" ކަމަށެވެ.