ގާޒާއަށް ދިން ހަމަލާގައި ހަލާކުވެފައިވާ މަސްގަތު ސިއްހީ މަރުކަޒު އަލުން ބިނާ ކުރުމުގެ މަސައްކަތް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މަސައްކަތް ފަށައިފިއެވެ.
އައިއޭސީން އިން ބުނީ، ދިވެހިންގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމުގައި ކުރަމުންދާ މަސައްކަތުގައި މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން އުތުރު ގާޒާގެ މެދުގައިވާ ޝިޖާއިއްޔާ އަވަށުގައި ހުންނަ "މަސްގަތު ސިއްހީ މަރުކަޒު" އަލުން ބިނާކުރުމުގެ މަސައްކަތް ފަށަނަް ތައްޔާރުވެފައިވާ ކަމަށެވެ.
މި މަސައްކަތް ފެށޫމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލް ހާމަ ކުރަމުން އައިއޭސީ އިން ބުނީ އެތަނަށް ލިބުނު ގެއްލުންތައް ދެނެގަނެ، މަސައްކަތަށް ބޭނުންވާ ތަކެތި ހޯދާ ޕްލޭންކުރުމުގެ މަރްހަލާ ނިންމާލާފައިވާ ކަމަށެވެ.
މި މަރުކަޒަކީ އެ އަވަށުގައި ހުންނަ ހަމައެކަނި ސިއްހީ ފަރުވާދޭ މަރުކަޒު ކަމަށާއި އުތުރު ގާޒާގައި އެންމެ ގިނައިން މީހުން އުޅޭ މި އަވަށުގައި ވީހާވެސް ގިނަ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި މަރުކަޒު މި ވަނީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައި ކަމަށް އައިއޭސީ އިން ބުނެއެވެ. މި ތަން ހަދާ ނިމޭ އިރު ކުޑަ ހޮސްޕިޓަލަކަށް ވެގެންދާނެ ކަމަށް އައިއޭސީ އިން ބުނެއެވެ.
ގާޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި ހޮސްޕިޓަލްތައް ވަނީ ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ. ކާބޯތަކެތީގެ ދަތިކަން ވެސް ތަހައްމަލު ކުރަމުންދާ އިރު ބީހިޔާވަހިކަން ނެތި އެތައް ބަޔަކު ހާލުގައި ޖެހިފައިވާ ގާޒާގައި މިހާރު ސިއްހީ ފަރުވާ ދިނުމުގައި ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ އަންނަނީ ކުރިމަތިލަމުންނެވެ.
ސިއްހީ ފަރުވާދިނުމުގެ ނިޒާމު މުޅިންހެން ނެތި ކޮށްލާފައިވާ އިރު ޒަހަމްވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތި ގާޒާގެ ރައްޔިތުންނަށް އެހީވުމަށް މި ދިވެހި މުޖުތަމައު އިން އެތައް ބަޔަކު އަންނަނީ ފައިސާގެ އެހީ ފޯރުކޮށް ދެމުންނެވެ. އެގޮތުން އެ ފައިސާގެ އެހީން ގާޒާގެ ރައްޔިތުންނަށް ފޮރުކޮށްދޭ އެހީގެ ތަފްސީލްތައް އައިއޭސީން ހާމަ ކުރަމުން އަންނަ އިރު، ދިވެހިންގެ ނަމުގައި މި ފަދަ އެހީއެއް ވެދޭތީ ގިނަ ބަޔަކު އަންނަނީ އައިއޭސީގެ މަސައްކަތަށް ތައުރީފް ކުރަމުންނެވެ.
ގާޒާ އަކީ އެއްވެސް ބަޔަކަށް ކަެއް ކުރުމުގެ ފުރުސަތު އޮތް ތަނެއް ނޫން ކާނޭ އެއްޗެއްވެސް ނުވެއްދޭ... މީ ސްކޭމަރުން ކަނޑައެޅިގެން ސޮދަގާތް ކުރާ ފައިސާ ކަންނުކޮށް ކަން ކުރީމޭ ބުނަން ހަދާ ދޮގެއް ކަމަށް ލަފާކުރެވެނީ... ސޮދަގާތް ދޭ އިރު ވިސްނާލާފަ ދޭން ޖެހޭމިހާރު