ޖިންސީ ގޯނާއާ ގުޅުން ހުރި މައްސަލައެއްގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް (އާނު) ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ މިއަދު އައިމަން ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ އާއި ގުޅޭ މައްސަލައިގެ ބޮޑު ބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރަށް ޝިޔާމް ވިދާޅުވީ ޕީޖީ އާއި މަޝްވަރާކުރެވި އިތުރަށް ފުރިހަމަ ކުރަން ހުރި ބައިތައް ފުރިހަމަ ކުރަމުން އަންނަކަމަށެވެ.
އައިމަން އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ފުރަތަމަ ދައުރުގައި މާލެ ސިޓީ ކައުންސިލަށް މާފަންނު ދެކުނު ދާއިރާއަށް އިންތިހާބުވެވަޑައިގަތް ފަރާތެކެވެ.
