އެސްޓީއޯއިން ވިއްކަމުން އަންނަ ހިޓާޗީ ބްރޭންޑުގެ އިތުރު މުދާތައް "ހަކަތަރި" ލޭބަލަށް އިތުރުކޮށްފިއެވެ.

"ހަކަތަރި" ލޭބަލަށް އިތުރުކޮށްފައި ވަނީ ހިޓާޗީ ބްރޭޑްގެ އައިސް އަލަމާރި އަދި ދޮންނަމެޝިން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްދޭ، މުދަލަށް ހެދުން ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާ ކަން އެސްޓީއޯއިން ފާހަގަ ކުރެއެވެ.

ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސް ތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

"ހަކަތަރި" ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލްއެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީއިން ފަށާފައިވާ މަސައްކަތެކެވެ. މި ޕުރޮގުރާމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

2021 ވަނަ އަހަރު ތައާރަފު ކުރެވުނު ހަކަތަރި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ އެސްޓީއޯ އެވެ. އެސްޓީއޯއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި، އަދި މުޖްތަމައަށް ފައިދާކުރުވާ ޒަމާނީއާކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ ކުންފުންޏެކެވެ. އެގޮތުން މެއި 12، 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އެއާ ކޮންޑިޝަނާ އެސްޓީއޯއިން ވަނީ ތައާރަފްކޮށްފައެވެ.

އެސްޓީއޯއިން ހަކަތަރި ލޭބަލް ޖެހި އޭސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ 42 ޕަސެންޓު ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭސީތައް ހިމެނެއެވެ. މިކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދިޔަކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއް އެސްޓީއޯއިން ވަނީ ހަކަތަރީގެ ލޭބަލްއަށް އިތުރުކޮށްފައެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ.

ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.