ވިނަރެސް ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަން ފަށައިފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

ވިނަރެސްގެ އެކްސެސް ޓެގު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:30 އަށް ވިނަރެސްގެ 10ގެ މެނޭޖްމެންޓް އޮފީހުން ދޫކުރާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ ޓެގާއި ހަވާލުވުމަށް ފްލެޓްގެ މެއިން އެޕްލިކެންޓް ދުރުވާނަމަ އެ ބޭފުޅެއްގެ އައިޑީކާޑު އަދި ކޯ-އެޕްލިކެންޓް ދުރުވާނަމަ މެއިން އެޕްލިކޭންޓްގެ އައިޑީކާޑުގެ ކޮޕީއެއް ގެނައުމަށް އަންގާފައެވެ.

މެއިން އެޕްލިކޭޓް އަދި ކޯ-އެޕްލިކޭންޓްއަށް ދުރުވެވެން ނެތް ނަމަ ޕަވާ އޮފް އެޓާނީ ހަވާލު ކުރެވިފައިވާ ފަރާތްތަކުގެ ޓެގު ހަވާލުކުރެވޭނެ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.އަދި މިފަދައިން ކީޓެގު ހިއްޕަވަން ދުރުވާނަމަ ޕަވާ އޮފް އެޓާނީ ފޯމާއި ފޯމުގައިވާ ހުރިހާ ބޭފުޅުންގެ އައިޑީ ކާޑު ކޮޕީ ގެންނައުމުން ޓެގު ހަވާލު ކުރާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން އިތުރަށް ބުނީ V9 އިން V10 އަށް އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަން ފަށައިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި V1 އިން V4 އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަން ފަށާފައި ވަނީ އިއްޔެ ކަމަށާއި V5 އިން V8 މިއަދު އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަން ފަށާފައިވާ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.