ކ. ތިލަފުށީ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 14:35 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެއާއެކު އެމްއެންޑީއެފް މާލެ އޭރިޔާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރި ވާން ފަށާފައި ވާކަމަށެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ މިއަދު 15:35 ގައި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އިއްޔެ ވަނީ ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.