ހޮޅުދޫ ބޯޓުގެ އަލިފާނުގެ ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމަށް ތ. ކަނޑޫދޫ ކައުންސިލް މެންބަރު އިލްޔާސް މަހުމޫދު ކުރެއްވި ބުރަ މަސައްކަތް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވިޑިއޯ އިން ފެންނަނީ، މި ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކުރުމަށްޓަކައި އެމީހުން ނަގައި ކުޑަ ޑިންގީއަކަށް އަރުވާ މަންޒަރެވެ. އަދި މާ ދުރުން ހޮޅުދޫ ބޯޓުގައި ރޯވެފައިވާ މަންޒަރުވެސް ފެންނައިރު ބޯޓު ދަތުރުކުރި އެންމެން ހަމަތޯ ބެލުމަށް ސުވާލުކުރާއަޑުވެސް އިވިގެން ދެއެވެ. އިރުކޮޅަކުން، އިތުރު ލޯންޗެއް އެމީހުންނާ ގާތްކޮށް އެއްބަޔަކު އެ ލޯންޗަށް އަރުވަން މަސައްކަތްކުރަމުން ދިޔަ ވަގުތު މަޝްފިގު ނެތްކަން އެގުމުން ކުޑަ ޑިންގީގައި ތިބި މީހުން ވަގުތުން މުޝްފިގަށް ގޮވާ އޭނާ ހޯދުމަށް މަސައްކަތްކުރާ މަންޒަރުވެސް ފެނިގެން އެވެ. އެ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން، އުމުރުން 25 އަހަރުގެ އަލީ މުޝްފިގު ފިޔަވާއި އެހެން އެންމެން ސަލާމަތްކުރެވިފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ވީޑިއޯ ހިއްސާކުރައްވަމުން އާދަމް ޝަރީފް ވަނީ ހޮޅުދޫ ބޯޓުގެ އަލިފާނުގެ ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ ތ. ކަނޑޫދޫ ކައުންސިލް މެންބަރު އިލްޔާސް މަހުމޫދުކަން ފާހަގަކުރައްވާފައެވެ. އަމިއްލައަށް އިސް ނަގައިގެން ކައުންސިލް މެންބަރު އިލްޔާސް ކުރެއްވި މަސައްކަތް ފާހަގަކޮށް މިނިސްޓަރު ވަނީ މި ހާދިސާގައި ގެއްލުނު މުޝްފިގަށް ހެޔޮ ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުއާކުރައްވާފައެވެ.
އިރުކޮޅަކުން ކައިރިކުރި ލޯންޗަކީ ހިރިލަންދޫ ފެނަކަ ލޯންޗް.އެކަމު އެމްއެންޑީއެފްގެ ހުރިހާ ތައުރީފެއް ވޭމަންޑޫ ޕޮލިހަށް. އެމީހުން މީގެ ދޮށަށް ނުވެސް ދޭ ހިރިލަންދޫ ޕޮލިހުން ދާން އެންގީ އެމީހުން ދާން އުޅުނީ މަހަށް ނުކުންނަ ކުޑަ ލޯންޗްގަނޑަކާ އެމްޓީސީސީ ސައިޓް މެނޭޖަރ އެމީހުން ބޮޑު ލޯންޗެއްގަ ފޮނުވީ