އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ނިޔާވެއްޖެއެވެ.
މިދިޔަ މަހުގެ 27 ގައި ހިނގި މި ހާދިސާގައި ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވީ އއ.ރަސްދޫ ބްލޫ ޝޭޑް، އަލީ ސާމިންއެވެ. މިހާދިސާގައި އަނިޔާވި އަލީ ސާމިންއަށް އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާދީފައިވާއިރު، އޭނާއަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެ އައިޖީއެމްއެޗް ގައި ފަރުވާދީފައިވާއިރު، މި ހާދިސާގައި ދެން ފިހުނު އަންހެން މީހާ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޔާވެފައެވެ. ދެމަފަރިން ނިދާ ކޮޓަރީގައި ހިނގި މި ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސެންޓު ފިހިފައިވާއިރު ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސެންޓު ވަނީ ފިހިފައެވެ.
މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު އަދި މިހާތަނަށް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.