"ފަޅުވިލި" ޕްރޮގްރާމް އިފްތިތާހު ކުރުމާ، މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް އިންފޮމޭޝަން އެންޑް އާރޓްސްއާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

ފަޅުވެލި ޕްރޮގްރާމަކީ ފިޔުލް ސަޕްލައިސް މޯލްޑިވްސްގެ ބޯޓުތަކުގައި މަސައްކަތްކުރަމުން ގެންދާ ފަޅުވެރިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ޕްރޮގުރާމެއް ޒުވާނުން ބާރުވެރި ކުރުމަށްޓަކައި ހިންގުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި މަސައްކަތުގެ އަމަލީ ތަޖުރިބާއާއި އެކު ގައުމީ ފެންވަރުގެ ސަނަދެއް ހާސިލްވުން އެއީ މިފަދަ ޕްރޮގުރާމެއްގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ.

މީގެއިތުރުން ފިއުލް ސަޕްލައިސް މޯލްޑިސްގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ސުހެއިލް ވިދާޅުވީ ފަޅުވިލި ޕްރޮގުރާމްގެ ތެރޭން ކުންފުނީގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަކީ ގާނޫނު ކަނޑައަޅައިފައިވާ މިންގަނޑުގެ ތެރޭން މަސައްކަތުގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ މި ޕްރޮގުރާމް ފެށުމުގެ މައިގަނޑު އެއް މަގުސަދުކަމަށެވެ. ސުހެއިލް ވިދާޅުވީ މި އެމްއޯޔޫއާއެކު ކުންފުންޏައް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މުވައްޒަފުން ތަމްރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މި ހަފްލާގައި ފިއުލް ސަޕްލައިސް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީގެ އިސްވެރީން ވަނީ ބައިވެރިވަޑައިގެންފައެވެ. މިއީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށްޓަކައި ޔޫތު މިނިސްޓްރީން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.