ޔޫރަޕާ ގުޅުން ގޯސްވެފައި އޮންނަތާ އަހަރުތަކަށް ފަހު ޗައިނާގެ ރައީށް ޝީ ޖިންގްޕިން ޔޫރަޕަށް ކުރައްވާ ފުރަތަމަ ދަތުރު މިއަދު ފައްޓަވައިފިއެވެ. މިއަދު ފްރާންސަށް ވަޑައިގަންނަވާ އިރު މިއީ އެގައުމަށް ޝީ ވަޑައިނުގަންނަވާތާ 5 އަހަރު ފަހުން ކުރައްވާ ދަތުރެކެވެ.
ފްރާންސާއި ޗައިނާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރި ފަހުން 60 އަހަރު ވެފައި ވާއިރު 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ' ގެ ގޮތުގައި ޗައިނާ ބަލައިގަން ފުރަތަމަ ގައުމަކީ ވެސް ފްރާންސެވެ.
މިދަރުގައި ފްރާންސްގެ ރައީސް އެމެނުއަލް މެކަރޯން އާއި އީޔޫގެ ރައީސް އުރުސެލާ ވެންޑަލޭން އާއެކު ތަފާތު ދާއިރާތަކުން މަޝްވަރާތައް ބާއްވަވާނެއެވެ. އޭގެ ތެރޭގައި ޗައިނާ އާއި ޔޫރަޕްގެ ވިޔަފާރީގެ ގުޅުންތަކާއި, ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިންނާއި ރަޝިއާ އާއި ޔޫކްރައިން ހަމަގުރާމައިގައި ޗައިނާއިން ރަޝިއާ ކޮޅަށް ބުރަވާ މައްސަލަ ހިމެނެއެވެ.
ޝީ ގެ މި ދަތުރުގައި ދެން ވަޑައިގަންނަވާނީ ސާބިއާ އާއި ހަންގޭރީއަށެވެ. އެ ދެގައުމަކީ ޔޫރަޕްގައި ހިމެނުނަސް ރަޝިއާގެ ދެބައިވެރިންނެވެ.
މި ދަތުރާ ދިމާކޮށް ޝީ އަށް މަރުހަބާ ކިޔުމަށް އެއްބަޔަކު އެކިއެކި ޝުއޫތައް ފާޅުކޮށް ހަދަމުން ދާ އިރު އަނެއް ބަޔަކު ޝުއޫރު ފާޅުކުރަމުން ދަނީ ޗައިނާގެ އުއިގޫރުގެ މުސްލިމުންނާ މެދު ހިންގާ ލާއިންސާނީ ކަންކަމާ ގުޅިގެން ޓިބެޓާއި ޱޒިންޖިއާންގް މިނިވަން ކުރުމަށް ގޮވާލައެވެ. އެ ރޫހުގައި އަޑުއުފުލަމުން ދާ މީހުން ފްރާންސުގެ މަގުތަކަށް ނިކުމެފައި ވާ އިރު, މެކަރޯން އާއި ޝީގެ ބައްދަލުވުމުގައި ފްރާންސުގެ ފަރާތުން އެ މައުޟޫގައި ވާހަކަ ނުދައްކާތީ ވެސް އާންމުން އަންނަނީ ޝުއޫއުފާޅުކުރަމުންނެވެ.
ހިއުމަންރައިޓްސް ވޮޗް އައި އދ ގެ އިދާރާތަކުން ބުނާގޮތުން އުއިގޫރު ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރުވެސް ވަނީ އެކިއެކި ކޭމްޕްތަކުގައި ބަންދުކޮށްފައެވެ. އަދި އެމީހުންނަށް ތައުލީމު ދިނުމުގެ ޕްރޮގްރާމެއް [ޗައިނާ ސަރުކާރުން ގަބޫލުކުރާ ރިހޭބިލިޓޭޝަން ޕްރޮގްރާމެއް] އަންނަނީ ހިންގަމުންނެވެ.