ހޭންޑްބޯލް މޯލްޑިވްސްގެ އޮފީސް ހިންގާ އިމާރާތުގައި މިއަދު ހެނދުނު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ހަރަކާތްތަކުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 06:05 ހާއިރު ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު މާލެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

https://www.facebook.com/share/p/1XdeFDsbk6/

ފަޔާ ފައިޓަރުން ކުރި މަސައްކަތުން، ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 06:21 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި އަލިފާނުގެ ހާދިސާގައި އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު އެތަނުގައި ބޭނުންކުރާ ލިޔެ ކިޔުންތަކާއި އަދިވެސް އެހެނިހެން ސާމާންތައްވަނީ އެއްކޮށް އަދާފައެވެ. މި ހާދިސާ އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.