ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހުންނެވި އަހުމަދު ނަސީރު (މުސްތަރީގެ، ކ. މާފުށި) ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފިއެވެ.
މިނިސްޓަރުންގެ ފެންވަރުގައި އަހުމްދު ނަސީރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު 12، 2023 ގައެވެެ.
މައުލޫމާތު ލިބިފައިވާ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ނަސީރު ބަދަލުކުރައްވާފައެވެ. އެހެންނަމަވެސް މި ބަދަލު ގެނައި ސަބަބު ސަރުކާރުގެ އިދާރާއަކުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.
މިހާރުވެސް މިނިސްޓަރެއްގެ ފެންވަރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ހުންނަވައެވެ.