މަސްތުވާތަކެތީގެ ބްލެޓްތަކެއް ދިރުވާލި ދިވެއްސެއްގެ ހާލު ސީރިއަސް ވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ފުލުހުން ބުނީ، ހަށިގަނޑުގެ ތެރޭގައި ބުލެޓްތައް ފޮރުވައިގެން އުޅުނީ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރެއް ފުލުހުން ހާމަ ކޮށްފައި ނުވާ އިރު، ފުލުހުން ބުނީ، އޭނާ ފެނުނީ މާލެ ތެރެ ޕްޓްރޯލް ކުރަން ރޭ އުޅުނު ފުލުހުންނަށް ކަމަށާއި އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ހުއްޓާބެލި ކަމަށެވެ.

އަދިވެސް އޭނާ އަށް ފަރުވާ ދެމުން ދަނީ އައިޖިއެމްއެޗްގެ އައިސީޔޫގައި ކަމަށް އޮފިޝަލަކު ވިދާޅުވިއެވެ.

އިތުރަށް ފުލުހުން ބުނީ، ފަރުވާ ދެމުން ދާ މީހާ އާ ބެހޭ މައުލޫމާތު އާއިލާ އާ ހިއްސާ ކޮށްފައި ވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މާލެ ތެރޭގެ އެކިއެކި ހަނި ގޯޅިތަކާއި ކަންކަން މަތީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާއިރު އެފަދަ ބައެއް މަންޒަރުތައް އާންމުން ރެކޯޑް ކޮށް ސޯޝަލްމީޑިއާގައި އާންމު ވެސް ކުރެއެވެ. އަދި ބައެއް ފަހަރު އެފަދަ ބައެއް މަންޒަރުތައް ފުލުހުންގެ ސަމާލުކަމަށް އައިސް ހަރަކާތްތެރި ވެއެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ އަކީ މާލެ އާއި އަތޮޅުތަކުގައި ހައްލު ނުވެ ދިގުދެމިގެން ދާ މައްސަލައެކެވެ.