މުޅި ދުނިޔެއަށް ވެސް މަޝްހޫރު އެމެރިކާގެ ވިޔަފާރިއެއް ކަމަށް ވާ މެންޑޮނާލްޑްގެ ފްރެންޗައިސް އެއްގެ ގޮތުގައި އިޒްރޭލުގައި ހިންގާ 225 އައުޓްލެޓް މައި ކުންފުނިން ގަންނަން ނިންމައިފިއެވެ.
މެކްޑޮނާލްޑުން ބުނީ, އިޒްރޭލުގެ އަލޯންޔަލް އިން ހިންގާ މެކް ގެ ހުރިހާ އައުޓްލެޓެއް ގަންނަން ނިންމީ, ގާޒާ ހަނގުރާމަ އާ ގުޅިގެން މެކްޑޮލާންޑުން އިޒްރޭލަށް އެހީވަމުން ގެންދާ ކަމަށް ފަތުރަމުން ގެންދާ ދޮގު ހަބަރުތަކާ ހުރެ ވިޔަފާރި ދަށްވަމުން ދާތީއެވެ. އަދި އިޒްރޭލުގައި ހުންނަ އައުޓްލެޓް ތަކުން އިޒްރޭލު ސިފައިންނަށް ހިލޭ ކާންދޭ ކަމަށާއި އެއީ މެކްޑޮނާލްޑާ ދޭތެރޭ އާންމުންގެ ނަފްރަތާއި ރުޅިވެރިކަން އިތުރުވެފައި ވާ ނުރަނގަޅު ސަބަބެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެއާއެކި މެކްޑޮނާލްޑް ބޮއިކޮޓް ކުރުމަށް ގޮވާލައި އަޑުތައް ދުނިޔޭގެ އެތަން މިތާނގައި އިތުރުވެގެން ގޮސްފައި ވާ އިރު ރާއްޖޭގައި ވެސް ބޮއިކޮޓް ކުރުމަށް ގޮވާފައި ވެއެވެ.
އެމެރިކާގައި ހުންނަ މެކްގެ މައިކުންފުނިން ބުނީ, އިޒްރޭލުގެ ހުރިހާ އައުޓްލެޓެއް ގަން ނަމަވެސް އެތަންތާނގައި ތިބި 5000 މުވައްޒަފުން ތިބޭނެ ކަމަށާއި ބަދަލުވާނީ ސިޔާސަތު ކަމަށެވެ. އެއާއެކު އަންނަ ކުއާޓަރުގައި ވިޔަފާރި ރަނގަޅުވާނެ ކަމަށް ވެސް އުއްމީދު ކޮށްފައި ވެއެވެ.
ދުނިޔޭގެ އެތަން މިތަނުގައި މެކްގެ 40,000 އަށް ވުރެ ގިނަ އައުޓްލެޓް ހުންނަ އިރު މެދުއިރުމަތީގައި ހުންނަ އަދަދަކީ 5 ޕަސެންޓެވެ. އަދި އިސްލާމީ ބައެއް ގައުމުތަކުގައި ވެސް މެކްގެ އައުޓްލެޓްތައް ހުރެއެވެ.
މެކް ބޮއިކޮޓް ކުރުމަށް ފެށީ ކެމްޕެއިންގެ ނުރަނގަޅު އަސަރު ކޮށް ވިޔަފާރިއަށް ބޮޑު ހީނަރުކަމެއް އައިސްފައި ވާ އިރު މެދުއިރުމަތިން ކުވައިތު, އަދި ރާއްޖެ ކައިރިން ޕާކިސްތާން, މެލޭޝިއާ ފަދަ ގައުމުތަކުން ވަނީ މެކް ބޮއިކޮޓް ކޮށް ކައިރި ނުވާން ނިންމާފައެވެ. އެއާއެކު އެ ގައުމުތަކުގައި ބޮޑުތަނުން ވިޔަފާރި ދަށް ވެފައި ވާކަމަށް ހަބަރުތައް ބުނެއެވެ.
އިޒްރޭލުން ގާޒާގެ ރައްޔިތުން މަރަމުން ގެންދާ އިރު ޔަހޫދީ ގިނަ ވިޔަފާރިތަކަކުން އިޒްރޭލަށް އެހީވަމުން ގެންދެއެވެ. އޭގެ ތެރޭގައި މެކް ވެސް ހިމެނެއެވެ. އަދި އެހެން ބައެއް ފާސްޓްފުޑް ބްރޭންޑްތަކާއި ޓެކްނޮލޮޖީގެ ދާއިރާގެ މަޝްހޫރު ބައެއް ބްރޭންޑްތަކުންވެސް އެހީތެރިވަމުން ގެންދެއެވެ.