ހުޅުމާލެ ފޭސް 3ގެ ބިނާވެށި ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފޭސް 3 ތަރައްގީކުރުމަށް އެޗްޑީސީއިން ހަވާލުކޮށްފައި ވަނީ ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްސީ)އަށެވެ.

އެޗްޑީސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް3ގެ ކަރަންޓު ނެޓުވޯކުގެ މަސައްކަތް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 3 ގައި ޖީޕޮން ނެޓްވޯކެއް ވެސް އެޅިގެންދާނެ ކަމަށެވެ.

މި މަޝްރޫއާއެކު ހުޅުމާލެ ފޭސް 3ގެ މަގުތައް ތަރައްގީ ކުރެވިގެންދާނީ އަލިފާނުގެ ހާދިސާތަކުންނާއި، ފެނާއި، ނަރުދަމާގެ ނިޒާމްވެސް އިތުރަށް ފުރިހަމަ ވާނެ ގޮތަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ވެސް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.