ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ދިރާސީ ކަލަންޑަރު ބަދަލުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީއިން މިހެން ބުނީ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް ބާއްވަން ކުރިން ނިންމާފައި ވާ ތާރީހު އަވަސް ކުރުމާ ގުޅިގެންނެވެ.
އެމްޑީޕީއިން ބުނީ ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީހަށް ކުރިން އެންގުމަކާ ނުލައި ގެނައި ބަދަލު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާގާބިލުކަން ފޮރުވަން ހެދި ދޮގުތައް ކުށްވެރިކުރާ ކަމަށެވެ. އަދި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލް ކޮށްފައި ވަނީ 16 މާޗުން 27 އޭޕްރިލް އަށް ކަމަށާއި 27 އޭޕްރިލް ގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާކުކޮށް ދަރިވަރުންގެ ރިޕޯޓު ތައްޔާރު ކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ 3 ދުވަސް ކަމަށް އެމްޑީޕީއިން ބުނެއެވެ.
އެމްޑީޕީއިން ބުނީ ގިނަ ޓީޗަރުން އެކަމުގެ ޝަކުވާ ކުރަމުންދިޔަ ކަމަށާއި އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ 2 ދުވަސް ކަމަށެވެ. އެގޮތަށް އިމްތިހާނުތައް ޝެޑިއުލް ކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެދި މީހުންނަށް އެނގޭހެން ހީ ނުވާ ކަމަށްވެސް އެމްޑީޕިއިން ވަނީ ބުނެފައެވެ.
އެމްޑީޕީއިން ބުނީ އެކަން އެނގުމުން އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން 25 އޭޕްރިލް އަށް އިމްތިހާނުތައް ނިންމުމުގެ މަގްސަދުގައި 2 ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހު ކަމަށާއި އެގޮތަށް ނުހެދޭނެތީ މިހާރު އެވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ 2 ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފައި ކަމަށެވެ.
އެމްޑީޕީއިން ބުނީ އަވަސްއަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އެޅުވުމަށްފަހު ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތައުލީމީ ނިޒާމަށް ކުރަމުންދާ ކަމަށެވެ.
މި ދިޔަ އަހަރުން ފެށިގެންވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދިޔައީ ރޯދަމަސް ނޫން ދުވަސްވަރެއްގައި މަޖިލިސް އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކަމުން ކަމަށާއި މި ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަ ދައްކަމުން ދަނިކޮށް ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު އެމްޑީޕީގެ ގިނަ މެންބަރުން ތިބޭ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއާއި އީސީއިން ބައްދަލުކުރުމުން އެ ތާރީހު އަވަސް ކޮށްދޭން އެ މެންބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ.
އިބުރޭ އަށްކަލަންޑަރޭ ކިޔައިގެން މިހާރު އަގަތެޅެނީ ކަލަންޑަރަކީ ކޯޗެށްކަން އެގޭބާ ތިމާގެލަދުހަޔާތުގެކަންފުޅެށް ވެސް ނެއްހިދު ކަލަންޑަރޭ މަނަޑަރޭ އަދިއެބަ ކިޔައެއްނޫން މިގައުމު ދުއްއެއްމެބޮޑު ހާއިނަކީތިޔަބާއީދަބިޗޯރު ޕޯޑިޔަމަށްބަރަހަނާއަރާބަލަ ލަދުކުޑަ ސޭބޯ