އުރީދޫ ރޯދަ ހަދިޔާ ފޮށިން އެޕަލް ވިޝަން ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ ރޯދަ ހަދިޔާ ފޮއްޓަކީ އެތައް ހަދިޔާ ތަކަކާއެކު އުރީދޫގެ ކަސްޓަމަރުންނަށް އުރީދޫއިން ދޫކޮށްލާފައިވާ ހަދިޔާތަކެކެވެ. މީގެ ތެރޭގައި ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާގެ އިތުރުން ޑޭޓާ ޕެކާއި ގޭމިން ޕެކް ވެސް ލިބިގެން ދާނެއެވެ.

ހަދިޔާ ފޮށި އުރީދޫއިން ކުރިއަށް ގެންދާތާ ދެއަހަރު ވެފައިވާއިރު، މި ހަދިޔާ ފޮށީގެ އިނާމު ހޯދުމަށް ޖެހެނީ އުރީދޫ އެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް އޮބާލާށެވެ. އުރީދޫއިން ބުނި ގޮތުގައި ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ފޮށީގައި ބައިވެރިވެވޭނީ ދުވާލަކު އެއްފަހަރުއެވެ.

އުރީދޫއިން ބުނި ގޮތުގައި އުރީދޫގެ ހަދިޔާ ފޮށި ހުޅުވުމަށް ފަހު ދެން އެ ކަސްޓަމަރަކަށް އަލުން ފޮށި ހުޅުވޭނެ ގަޑި އެޕުން ފެންނަން ހުންނާނެއެވެ. މީގެއިތުރުން ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދުމުގެ އިތުރުން "ކަރާ ޕޮއިންޓްސް" ހޯދާ ލީޑާ ބޯޑުގެ އެންމެ ކުރީގައި ހިމެނޭ 3 ފަރާތަކަށް "ވީކްލީ މެގަ ގިފްޓް" ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ފަހަރަކުމެ ރޯދަމަހަށް ހާއްސަ ކޮށްގެން އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ އެތައް ހަދިޔާގެ ފުރުސަތުތަކާ ޕްރޮމޯޝަންތައް ހޯދައިދެމުންނެވެ.